ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LDS3/138/2017/6
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 02 މާރިޗު 2017 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

 

 

     

 

 

 

                         ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ-މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް 31 މޭ 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ކެޓަގަރީ A އަށް އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައިނުވާތީ އާއި ހުޅުދޫ-މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ފަރާތްތަކަށްވެސް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކެޓަގަރީ C އިތުރުކޮށް، 31 މޭ 2016 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

            އެގޮތުން، ފްލެޓަށް އެދޭ ފޯމް 22 ޖަނަވަރީ 2017 ން ފެށިގެން މި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެއެވެ.

            މީގެ އިތުރުން، މި މިނިސްޓްރީގެ  ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2017 ން ފެށިގެން 02 މާރިޗު 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުންނެވެ. ވީމާ، މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު ޢާއްމުކޮށް އަލުން އިޢުލާންކުރީމެވެ.

                             20 ރަބީޢުލްއާޚިރު 1438

                        18  ޖަނަވަރީ  2017

19 ޖަނަވަރީ 2017