ދިވެހިރާއްޖެ
2017 ޖެނުއަރީ 3 ވަނަ ދުވަހު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރ: (IUL)GS13-AC/GS13/2017/02އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. މައުލޫމާތު ހަމަވާ 3 ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް،
މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ގެ ނުވަތަ އެޕާޓްމަންޓަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި، ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، އަދި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެޔަކާއި ކާތަނެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.
ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓުގެ އިތުރުން އިންވެންޓްރީގެ ލިސްޓު ހުށަޅަންވާނެއެވެ.
އަންދާސީހިސާބު ބަލައިގަތުން: |
މަޢުލޫމާތު ސާފުކުރުމަށް: |
ތާރީޚު: 30 ޖެނުއަރީ 2017 |
ތާރީޚު: 25 ޖެނުއަރީ 2017 |
ގަޑި: 11:00 |
ގަޑި: 11:00 |
ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު |
ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު |
އަދި، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަރުކަޒުގެ ނަންބަރު 9704793 ފޯނާ ގުޅުއްވުން އެދެމެވެ.