ދިވެހިރާއްޖެ
ނަންބަރ:IUL)267/267/2017/4)
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިރާގައިވާ މަޤާމަށް މީހުންބޭނުންވެއްޖެއެވެ.
މަޤާމް: |
ސެކިއުރިޓީ އޮފިސަރ
|
ބޭނުންވާ އަދަދު: |
2 (ދެއެއް)
|
މުސާރަ: |
މަހަކު -/3،100 ރުފިޔާ
|
އެޓެންޑެންސް އެލަވަންސް |
މަސައްކަތު ނުކުންނަ ކޮންމެދުވަހަކު -/33 ރުފިޔާ
|
އުޖޫރައާއި ޢިނާޔަތްތައް: |
ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
|
ވަޒީފަގެ ބާވަތް: |
ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅުނަމަ، ކޮންޓްރެކްޓް އާކުރެވޭނެއެވެ. )
|
ކޮންޓްރެކްޓްގެ މުއްދަތު: |
1 އަހަރު ދުވަސް
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: |
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
މުނިސިޕަލް ސަރވިސް |
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ތަޢުލީމާއި، ތަޖުރިބާ |
|
މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ލިބިފައިވާ ތަޢުލީމާއި ތަމްރީން. 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް. 4. މި މަޤާމަށް މީހުންހޮވުމުގައި ކޮންސްޓްރަކްޝަންގެ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
އިންޓަވިޔު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ވަޒީފާއަށް އެދޭ ފޯމާއެކު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
|
ޗުއްޓީ: |
ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 7. ޕޮލިސް ސެޓްފިކެޓް (ޕޮލިސް ރިޕޯޓް) |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520034 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520034 އެވެ. އީމެއިލް އެޑްރެހަކީ،[email protected]އެވެ.
|