ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2017/3
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 19 ފެބުރުވަރީ 2017 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫއިން ބަންޑާރަ ގޯތި ދޫކުރުން

ނަމްބަރު: IUL)267/267/2017/3)

އިޢުލާން

 

ހދ.ކުމުންދޫން ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ:

 

         ކުމުންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 2017 ޖަނަވަރީ 18 ވާ ބުދަ ދުވަހުން ފެށިގެން ގޯއްޗަށް އެދޭ ފޯމު ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ވީމާ، ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރުއްވައި 2017 ފެބުރުއަރީ 19 ވާ އާދިއްތަ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

 ގޯއްޗަށް އެދޭ ފޯމު ލިބޭނީ، ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުވާ މީހަކު މި އިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއެއް ހުށަހަޅަންވާނެއެވެ. އެ ސިޓީގައި ފޯމު ހަވާލުކުރުމަށް ފޮނުވާ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އޮންނަންވާނެއެވެ. ފޯމު ދޫކުރަން ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ދުވަސްތަކުގެ 10:30 ން 11:30 އަށެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ  11:30 ން 13:00 އަށެވެ.

ގޯއްޗަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅާއިރު ފޯމުގައިވާ ހުރިހާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާ ފޯމާއި ދީފައިވާ މުދަތައްވުރެ ފަހުން ހުށައަޅާ ފޯމްތައް މި ކައުންސިލުން ބަލައިނުގަނެވޭނެއެވެ. މިފަހަރު ހދ. ކުމުންދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހުއްދަލިބިފައިވަނީ 3000 (ތިންހާސް) އަކަފޫޓުގެ 50 (ފަންސާސް) ގޯއްޗެވެ. ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

 

ސަރަހައްދު 1:- ފަހިވާގެޔާއި މަލަ ގޯއްޗާއި ދެމެދުން ކުރިން ދޫކުރެވިފައިވާ ބަންޑާރަގޯތިތަކުގެ ބިތްދޮށުން

ސަރަހައްދު 2:- ދާމާގެޔާއި ފެހިނިރު ގެޔާއި ދެމެދުން ކުރިން ދޫކުރެވިފައިވާ ބަންޑާރަގޯތިތަކުގެ ބިތްދޮށުން

ސަރަހައްދު 3:-  މުނިޔާގެ އިރުމަތީފަރާތުން 1 ގޯތި

ސަރަހައްދު 4:- ރީގަލް ގޯއްޗާއި ރީޙުއްޞަބާ ގޯއްޗާއި ދެމެދުން އުތުރަށް އޮތް ބައިން

ސަރަހައްދު 5:- ކޮމިސްމާޓްގެ އުތުރުފަރާތް

 

 

* ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

1. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

2. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން.

3. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

4. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މީހަކަށް ދީ ނުވަތަ ވިއްކާފައި ނުވުން.

5. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެ ބިމަކީ ވަކިން ޢިމާރާތްކޮށްފައި ނުވަތަ ވަކިން ޢިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ، އެތަން ކަނޑަ އެޅިފައިވާ އުސޫލުން ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީކޮށްދެވޭނީ ތަރިކައިން ލިބެން އޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމުމަށްފަހުއެވެ.)

6. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ކުމުންދޫއިން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.

7. ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.

8. ކުރިން ބަންޑާރަ ގޯތި ދޫކުރިފަހަރު ކުމުންދޫން ބަންޑާރަ ގޯއްޗެއް ލިބި ގޯތި ދޫކޮށްލާފައި ނުވުން.

ނޯޓް: ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ ދެމެދުގައި ވާހަކަ ދައްކައިގެންނެވެ. ނުވަތަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ، ގޯތި ކޮމިޓީގެ ހާޒިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

ފޯމު ހުށަހަޅާ ފަރާތުގެ އުމުރާއި ކާވެނީގެ މުއްދަތަށް ބަލާނީ އެމީހަކު ފޯމު ހުށަހަޅާ މީލާދީތާރީޚާ ހަމައަށެވެ.

 

 

 

* ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

1. ކައިވެނީގެ ބައި:

ހ

މީހަކާ އިނދެގެން ހުރިނަމަ       

25 ޕޮއިންޓް

ށ

ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީ ނަމަވެސް ދަރިން ތިބިނަމަ

15 ޕޮއިންޓް

ނ

ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ، އަހަރަކަށް 1 ޕޮއިންޓް

(މިގޮތުން ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

6 ޕޮއިންޓް

2. އުމުރުގެ ބައި:

ހ

އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ނަމަ

5 ޕޮއިންޓް

ށ

އުމުރުން 25 އަހަރުން މަތި ނަމަ (ގިނަވެގެން ދެވޭނީ 7 ޕޮއިންޓް)

7 ޕޮއިންޓް

3. ދަރިންގެ ބައި:

ހ

18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

6 ޕޮއިންޓް

ށ

18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް

 (މި ބަޔަށް ގިނަވެގެން ދެވޭނީ 20 ޕޮއިންޓެވެ.)

5 ޕޮއިންޓް

ނ

 ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ  

3 ޕޮއިންޓް

ރ

 ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 8 ޕޮއިންޓް)

4 ޕޮއިންޓް

4.މައިންބަފައިންގެބައި: 

ހ

މަންމަ ބަލަމުންގެންދާނަމަ

3 ޕޮއިންޓް

ށ

ބައްޕަ ބަލަމުންގެންދާނަމަ

3 ޕޮއިންޓް

ނ

މައިންބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ

3 ޕޮއިންޓް

5. ރަށްވެހިކަމުގެބައި:

ހ

ރަށުގެ ރަށްވެއްސެއްނަމަ

25 ޕޮއިންޓް

ށ

ރަށުގެ ރަށްވެއްސެއް ނޫންނަމަ

15 ޕޮއިންޓް

 

 

6. ޕޮއިންޓް އުނިކުރުން:

ހ

ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ / ފިރިމީހާއަށް 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުގޯއްޗެއް ލިބިފައި އޮތްނަމަ

15 ޕޮއިންޓް

ށ

ރަށުގައި ދިރިނޫޅޭތާ 2 އަހަރަށްވުރެ އިތުރުވެފައިވާނަމަ

5 ޕޮއިންޓް

 

އިތުރު ތަފުސީލު:

 

ހ - ނަންބަރު 1 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ، ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާނަމައެވެ. އަދި މިބައިން މާކްސް ލިބޭނީ، ލިބިފައިވާ ދަރިން ބަލަމުންގެންދަނީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ކަމުގައި ވާނަމައެވެ.

ށ - ނަންބަރު 2 ގައިވާ އުމުރުގެ ބައި ބަލާނީ ގޯތިދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

ނ - ނަންބަރު 3 ގެ (ށ) ގައިވާ ދަރިންގެ އަދަދަށް ޕޮއިންޓު ދިނުމުގައި 4 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިނަމަވެސް ދެވޭނި ޖުމުލަ 20 ޕޮއިންޓެވެ. ދަރިން ތިބެގެން ޕޮއިންޓު ދޭނީ، ގޯއްޗަށް އެދިފައިވާ މީހާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށެވެ. (މިސާލަކަށް: ދަރިފުޅު ނުވަތަ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދިފައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ، ދަރިންނަށް ދޭ ޕޮއިންޓު، ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށްނުޖެހޭނެއެވެ.)

ރ - ނަންބަރު 4 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭ ޕޮއިންޓު ލިބޭނީ، މަންމަ ނުވަތަ ބައްޕަގެ ގޯތި ނެތި، މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމައެވެ.

ބ - ނަންބަރު 4 ގެ (ނ) ގައިވާފަދަ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭ ފަދަ މީހަކު ބަލަމުންދާނަމައެވެ.

ޅ - ނަންބަރުު 6 ގެ (ށ) ގައި އެހެން އޮތްނަމަވެސް ކައިވެންޏަށް 2 އަހަރުނުވާ ފަރާތްތައް އިސްތިސްނާވާނެއެވެ. ރަށުގައި ދިރިނޫޅޭކަމަށް ބެލެވޭނީ، ޢާއިލާއާއެކު ރަށުން ބޭރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކެވެ. ޢާއިލާކަމުގައި ބަލާނީ، ފިރިމީހާ / އަނބިމީހާ / ދަރިންނެވެ. ތަޢުލީމު ހާސިލުކުރުމަށް ރަށުން ބޭރުގައި ތިބި ފަރާތްތަކަކީ ރަށުގައި ދިރިނޫޅޭ ފަރާތްތަކެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

ކ - ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޭ ތާރީޚަށެވެ.

 

 

 

* ގޯތި ލިބޭގޮތް:

 

ހ - ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ށ - ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.

(ނޯޓް:- މިއަހަރު ގޯތި ލިބި އެ ގޯތި ދޫކޮށްލައިފިނަމަ ދެން ގޯތި ދޫކުރާ ބުރުގައި ގޯއްޗައް އެދި ފޯމް ނުލެވޭނެވާހަކަ ދަންނަވަމެވެ.)

                މިހެންވެ، މިކަން އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

18 ޖަނަވަރީ 2017