ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕަބްލިކް ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރު ވިއްކައި ތިނަދޫއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)56-CAS/1/2016/33 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކުތުބުޚާނާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޤައުމީ ކުތުބުޚާނާ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.
ޤައުމީކުތުބުޚާނާ، މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް
މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި)
20 ރަބީޢުލްއާޚިރު 1438
18 ޖެނަވަރީ 2017