ދިވެހިރާއްޖެ
މި ކައުންސިލްގެ އިހައްދުންމަތީ ޝަރަފްވެރިކަމުގެ އެވޯޑްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް ކުރެވިފައިވާ މިކައުންސިލްގެ ނަންބަރު (IUL)240-CA/240/2017/1 (02 ޖަނަވަރީ 2017) އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފާއިނުވާތީ، މި އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.
އިހައްދުންމަތީ ޝަރަފްވެރިކަމުގެ އެވޯޑްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތައް
1. ޝަރަފްވެރިކަމުގެ އިނާމް
ޤައުމީ ފެންވަރުގެ އިނާމް
ހ. "އަތޮޅުގެ ތޫނުފިލި ދަރިވަރު"BRILLIANT STUDENT - ޖީ.ސީ.އީ އޯ ލެވެލް ބައި
ށ. "އަތޮޅުގެ ތޫނުފިލި ދަރިވަރު" - BRILLIANT STUDENT އެޑެކްސަލް އޭ ލެވެލް ބައި
ދުނިޔޭގެ ފެންވަރުގެ އިނާމް
ހ. "އަތޮޅުގެ ޝަރަފްވެރި ދަރިވަރު"HONOURED STUDENT - ޖީ.ސީ.އީ އޯ ލެވެލް ބައި
ށ. "އަތޮޅުގެ ޝަރަފްވެރި ދަރިވަރު" - HONOURED STUDENTއެޑެކްސަލް އޭ ލެވެލް ބައި
2. އިހައްދުންމަތީ ތޫނުފިލި ތަރި
މި އިނާމް ލިބޭނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ / ކޮލެޖް ފަދަ ތަންތަނުން މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ޝަރަފްވެރި ވަނައެއް ހޯދާ ފަރާތްތަކަށާއި، ޤްރުއާން ހިތުދަސްކޮށް ހާފިޒްކަން ފުރިހަމަކުރާ ޝަރަފްވެރިންނަށް.
3.ސްކޫލްތަކަށް ދެވޭ އިނާމް
ހ. "އައްޝައިޙް އެދުރު ޢުމަރު މާފަތް ކަލޭގެފާނު އެވޯޑު"
ށ. "އަލްޚަތީބު މުޙައްމަދު ޝިރާޖުއްދީން އެވޯޑު"
ނ. "އައްޝައިޙް ޙަސަން ތާޖުއްދީން އެވޯޑު"
4. މުދައްރިސުންނަށް ދެވޭ އިނާމް
"އަތޮޅުގެ ކާމިޔާބް އެދުރު" EXCELLENT TEACHER
5. ހިތްވަރު ދިނުމުގެ އިނާމް
އިނާމް ދެވޭ ދާއިރާތައް:
ދީނި ހޭލުންތެރިކަން އިތުރުކުރުމާއި،ދީނީ ޢިލްމު އުނގެނުމުގެ ދާއިރާ |
އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ |
ދިވެހިބަހާއި އަދަބިއްޔާތު އަދި ތާރީހަށް ޚިދުމަތްކުރުމުގެ ދާއިރާ |
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ |
ތަޢުލީމީ ދާއިރާ |
އާރޓް އެންޑް ކުރާފްޓް |
ސިއްހީ ދާއިރާ / ހަކީމީ ބޭސްވެރިކަން |
އިމާރާތްކުރުމުގެ ދާއިރާ |
ތިމާވެށީގެ ދާއިރާ |
ދަތުރުފަތުރުގެ ދާއިރާ |
މަސްވެރިކަމުގެ ދާއިރާ |
ޚަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާ |
ފަތުރުވެރިކަމުގެ ދާއިރާ |
ކުޅިވަރުގެ ދާއިރާއި މުނިފޫހިފިލުވުމުގެ ދާއިރާ |
ދަނޑުވެރިކަމުގެ ދާއިރާ |
އެންމެ ޚިދުމަތްތެރި ކްލަބް/ޖަމިއްޔާ |
އާ އުފެއްދުންތަކުގެ ދާއިރާ (އިނޮވޭޝަން) |
އެންމެ ޚިދުމަތްތެރި ރަށުކައުންސިލް |
ވީމާ، މަތީގައި ދެންނެވިފައިވާ އެވޯޑްތަކަށް ނަންހުށަހެޅުމަށް ޝައުގުވެރިވެލައްވާ މި އަތޮޅުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، އާންމުން އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިކައުންސިލުންނާއި، ރަށު ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މި އިއުލާނާއިއެކު އިހައްދުންމަތީ ޝަރަފްވެރިކަމުގެ އިނާމް ދިނުމުގެ ސިޔާސަތު އާންމު ކުރީމެވެ.