މަގާމު
|
އެސިސްޓަންޓް ޕްލޭނިންގ އޮފިސަރ
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1 ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
ސެކްޝަން
|
ޕްލޭނިންގް އެންޑް މޮނިޓަރިންގ ސެކްޝަން
|
މަޤާމުގެ ޝަރުޠު
|
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ޕްލޭނިންގ އެންޑް މޮނިޓަރިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.
ނުވަތަ
ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހުން ހިންގާ އެކިއެކި އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ ފަރާތްތައް ނުވަތަ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހާލަތުދެނެގަތުމުގެގޮތުން ކަނޑައަޅާފައިވާ ޕްރޮކްސީ މީންސް ޓެސްޓް (ޕީ.އެމް.ޓީ) ނުވަތަ ފަޤީރުކަމުގެ ޙާލަތު ދެނެގަންނަ ފޯރމް ފުރިހަމަކުރުމަށްޓަކާ ޚިދުމަތްލިބިގަންނަ ފަރާތްތަކަށް ޒިޔާރަތްކޮށް، އެފަރާތްތަކުގެ މަޢުލޫމާތު އެއްކުރުން.
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ / ލިބުނު ފަރާތްތަކަށް ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުން.
- އޮފީހުން ހިންގާ ތަފާތު އެކިއެކި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން ވަކިވަކި ރަށްރަށަށް ފޮނުވާ ލިސްޓްތައް މަހުން މަހަށް އަޕްޑޭޓް ކުރުން.
- އެންސްޕާއިން ހިންގާ އެކިއެކި އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުގައި ހިމެނިގެން އެހީ ލިބޭ ފަރާތްތަކުގެ ލިސްޓް ވެރިފައިކުރުން.
- އެންސްޕާއިން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި ގުޅޭގޮތުން ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު އެއްކޮށް ރިޕޯޓްތައްޔާރުކޮށް ޤަވާޢިދުން ފޮނުވަމުން ދިއުން.
- ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުގެ އެހީގެ ދަށުން އޮފީހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މޮނިޓަރިންގ ޔުނިޓްގެ މަސައްކަތްތަކާއި ގުޅުންހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޚަރަދުތަކުގެ ތަފްޞީލު ބެލެހެއްޓުމާއި އެކްޓިވިޓީ ރިޕޯރޓް ތައްޔާރުކުރުން.
- ސެކްޝަނުގެ މަސައްކަތާއި ގުޅުން ހުރި ކަންކަމުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އަދި އެޔައުމިއްޔާ އެޑްމިން ސެޝަނަށް ފޮނުވުމަށްފަހު ހުރިހާ ލިޔުންތައް ފައިލްކުރުން
|
އުޖޫރައާއި އިނާޔަތްތައް
|
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް 50/- ރުފިޔާ
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގާދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
- 29 ޖެނުއަރީ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- އިންޓަރވިއު ކުރުން 2017 ވަނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެލައްވާނަމަ މިއެޖެންސީގެ ނަންބަރު 1402 ނުވަތަ 3005353 އާއި ގުޅުއްވުން އެދެމެވެ.
|