ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 ޖަނަވަރީ 2017 12:14 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި އެޖެންސީން ދޭ މަޢުލޫމާތާއި އެއްގޮތައް މޭޒުމަތީގައި ބަހައްޓާ ކަލަންޑަރ ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި އެޖެންސީންދީފައިވާ މައުލޫމާތާ އެއްގޮތަށް މޭޒުމަތީގައި ބަހައްޓާ ކަލަންޑަރ ހަދަން ބޭނުންވެގެން އެކަން ކުރާނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު ނަންބަރ: (IUL)199-PYS/199/2016/32 (15 ޑިސެމްބަރ 2016 ) ޢިއުލާނާއި ގުޅިގެން އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ފަރާތެއް ލިބިފައިނުވާތީ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މި އެޖެންސީގެ 2017 ވަނަ އަހަރުގެ ކަލަންޑަރ ޗާޕުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި މި އެޖެންސީގެ އެޑްމިނިސްޓްރޭޓިވް އޮފީހަށް (މ. މޫކައިސުއިޓްސް 4 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
| 
 ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރެއްވުމަށް  | 
 19 ޖަނަވަރީ 2017  | 
 ބުރާސްފަތި  | 
 09:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 22 ޖަނަވަރީ 2017  | 
 އާދިއްތަ  | 
 10:00  | 
| 
 މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ(  | 
|||
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ(  | 
|||
އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353+960-
- ފެކްސް: +960-3003535
- އީމެއިލް: [email protected]
19 ރަބީޢުލްއާޚިރު 1438
17 ޖަނަވަރީ 2017