ދިވެހިރާއްޖެ
އި ޢު ލާ ން
HDC (161)-PRO/IU/2017/10: ނަންބަރު
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޕަރޭޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހުޅުމާލެ ފޭސް 2ގައި (ކުރީގެ ކްލަބްފަރު ގޮތުގައި ބޭނުން ކުރަމުންދިޔަ ސަރަހައްދުގައި) ގާއިމްކުރަންބޭނުންވާ "އިވެންޓް ސްޕޭސް"ގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2017 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ފެބުރުއަރީ 2017 ވާ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގް އަށް ހާޟިރު ނުވާ ފަރާތްތަކަށް ބިޑް ހުށައެޅުއްވުމުގެ ފުރުސަތު ނުލިބޭނެ ވާހަކަ މިފުރުސަތުގައި ދަންނަވަމެވެ.
މިބިޑްގެ ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
14 ރަބީޢުލްއާޙިރު 1438
16 ޖެނުއަރީ 2017
ޚާދިމްކުމް
ޔާސިރު ޙަސަން
ޕްރޮކިއުމަންޓް މެނޭޖަރ