ނީލަން
ނަންބަރު: 134-CORP/I/2017/01
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 24 ޖަނަވަރީ 2017 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

އިޢުލާން

 

ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

           ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި، ގާތްގަނޑަކަށް 250މެޓްރިކްޓަންގެ ޓިންފްރީ ސްޓީލް އާއި  50މެޓްރިކްޓަންގެ  ބާދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ.

           ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން   7964232 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.  

           ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ދަގަނޑުތައް ނީލަންކިޔުން އޮންނާނީ، 24 ޖެނުއަރީ 2017ވާ އަންގާރަދުވަހުގެ މެންދުރުފަހު 14:00ގައި މިފްކޯގައެވެ.

           ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/15000 ރ. (ފަނަރަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތުން، ނީލަންނިމޭތާ 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ އެއްޗަކަށް ވާފައިސާ ދެއްކުމަށް ފަހުގައެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރައެއް ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.

 

                  16 ޖެނުއަރީ 2017

16 ޖަނަވަރީ 2017