ޢާންމު މަޢުލޫމާތު
ނަންބަރު: 113-F/I-2017/04
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރަށް ވަންނަ އެއްގަމު އުޅަނދުފަހަރުގެ ފީ ތަކާއި ގުޅޭ:

          18 ޖަނަވަރީ 2017 ވަނަ ދުވަހުން ފެށިގެން މީރު ބަހުރު ބަނދަރަށް ވަންނަ އެއްގަމު އުޅަނދުތަކުން ތިރީގައި ބަޔާންކޮށްފައި ވާ ގޮތަށް ފީ ނެގުމަށް ހަމަޖެހިފައިވާތީ މި ބަނދަރުގެ ހިދުމަތް ބޭނުންކުރައްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދެންނެވީމެވެ.

 1. ކާރު އަދި ކުދި ޕިކަޕް  ބަނދަރަށް ވަނުމުގެ ފީ

 ޖީ. އެސް.ޓީ އާ އެކު 5.00ރ (ފަސް ރުފިޔާ)

 ވަންނަ ކޮންމެ ފަހަރަކަށް

 2. ބޮޑު ޕިކަޕް، ލޮރީ އަދި ވޭން ބަނދަރަށް ވަނުމުގެ ފީ

 ޖީ. އެސް.ޓީ އާއެކު 10.00ރ (ދިހަ ރުފިޔާ)

 ވަންނަ ކޮންމެ ފަހަރަކަށް

 3. ސައިކަލް ޕާރކިން ފީ-( 1 ގަޑި އިރަށް)

 ޖީ.އެސް.ޓީ އާއެކު 5.00ރ (ފަސްރުފިޔާ)

 

           ވީމާ،  މަތީގައި ދެންނެވިފައިވާ ފަދައިން މި ބަނދަރުގެ ޚިދުމަތްތަކުގެ އަގުތައް ބަދަލު ކުރެވިފައިވާކަން ޚިދުމަތް ހޯއްދަވާ އެންމެހާފަރާތުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ރަބީޢުލްއާޚިރް 1438

16 ޖަނަވަރީ 2017

 

16 ޖަނަވަރީ 2017