ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2017/05
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:49
ސުންގަޑި: 25 ޖަނަވަރީ 2017 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

މަޤާމް :ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު :4

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޑިޕާޓްމަންޓް /ސެކްޝަން:

ނާރސިންގ ޑިޕާޓްމަންޓް/ އާރު.އެޗް.ސީ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އައި.ޖީ އެމް. އެޗުން އަންގާ އުސޫލެއްގެމަތިން ބަލިމީހުން ބައްލަވަން ތިއްބަވާ ޑޮކްޓަރުންނާއި އެފަދަ މަޤާމުގައި ތިއްބަވާ ބޭފުޅުންނަށް އެހީތެރިވެދިނުން.

2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެެ ތަރުތީބުން  ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި، ޑޮކްޓަރ ކޮޓަރިއަށް ލިބޭ ފޯނުކޯލުތަކަށް ޖަވާބުދިނުން.

3. ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.

4. ބަލިމީހާގެ ބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑް ޝީޓުގައި ޑޮކްޓަރުގެ ލަފާގެމަތީން ލިޔަމުންގެންދިއުން.

5. ބަލިމީހާއަށް ޑޮކްޓަރު ދެއްވާ އިރުޝާދާއި ބޭސް ބޭނުންކުރާނޭގޮތް ތަފްޞީލުކޮށް ކިޔައިދިނުން.

6. ޑޮކްޓަރު ބައްލަވަން ފެއްޓެވުމަށްފަހު ދިމާވާ ސަބަބަކާހުރެ ބެލުން މެދުކަނޑާލަން ޖެހިއްޖެނަމަ ޑޮކްޓަރު ދެން ބައްލަވަން ފައްޓަވަން ހަމަޖެހިފައިވާ ގަޑިއެއް އަންގައި، މިކަންތައް ބަލިމީހުންނަށް އޮޅުންނާރާނޭ ގޮތަކަށް ސާފުކޮށްދިނުން.

 

ތަޢުލީމާއި ތަޖުރިބާ:

 

1. އެެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޕަބްލިކް ރިލޭޝަންސް ނުވަތަ ފްރަންޓް އޮފީސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން.

މި މަޤާމަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 އިން މެންދުރު 1.30 އަށް މި ހޮސްޕިޓަލުގެ 11 ބުރީގެ އިމާރާތުގެ 11  ވަނަ ފަންގިފިލައިން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

1. ވަޒީފާއަށް އެދޭ ފޯމު

2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

8. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި:

2017 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ޖަނަވަރީމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯނަށެވެ.

14 ރަބީޢުލްއާޚިރު 1438

14 ޖަނަވަރީ 2017