ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2017/7
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:06
ސުންގަޑި: 26 ޖަނަވަރީ 2017 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރަންޖެހޭ ދާއިރާ: ސިވިލް އިންޖިނިއަރިންގ

ރަސްމީގަޑި: 16:00 އިން 22:00 އަށް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އޮފް ބިލްޓް އެންވަޔަރަމަންޓް / މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން. އެގޮތުން:

1. ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިއާއެކު ހަފުތާއަކު، މަދުވެގެން 20 ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުމާއި، ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.

2. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

ހ. އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.

ށ. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

ނ. މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކޯޑިނޭޓަރާ ހަވާލުކުރުން.

ރ. އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ކޯޑިނޭޓަރާ ހަވާލުކުރުން.

ބ. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައިގެން އެކަމަށް މަސައްކަތް ކުރުން.

3. މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދިނުން.

4. ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ޑިޕާޓްމަންޓަށް ނިސްބަތްވާ ތަންތަނުގެ އިކްވިޕްމަންޓާއި ކިޔަވައިދިނުމަށް ހޯދޭ ފޮތްތައް ބަލަހައްޓަމުން ގެންދޭތޯ ބެލުން.

5. ޑިޕާޓްމަންޓަށް ނިސްބަތްވާ ކޯސް/ސަބްޖެކްޓް ކޯޑިނޭޓްކުރުން

6. ރާއްޖޭގައި ހިނގޭ މޮބައިލް ޓްރޭނިނގް ކޯސްތައް ރާވައި ހިންގުން.

7. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

8. ޕޮލިޓެކްނިކުގެ ދަރިވަރުންނާ ގުޅޭ ކޯކަރިކިއުލަރއާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތައް ރާވައި ހިންގުމުގައި އެހީތެރިވުން.

9. ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅައިލުން.

10. ޕޮލިޓެކްނިކުގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައިގެން އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

11. މަޤާމާ ގުޅޭގޮތުން މޯލްޑިވްސް ޕްލިޓެކްނިކުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

4. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެމް.އެސް 1 ރޭންކުގެ ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 29 ޖަނަވަރީ 2017 އާއި 31 ޖަނަވަރީ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތުދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި، ސެޓުފިކެޓުތަކުގެ އެކްރެޓިޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ.މެލް އެޑްރެހާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކް / (ގ. ރެހެންދި ހިނގުން، 1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 26 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމު ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް، ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

13 ރަބީޢުލްއާޚިރު 1438

11 ޖަނަވަރީ 2017