ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: މަސައްކަތު (ވަގުތީ) ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1 ރޭންކް: އެސް.އެސް. 1 މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް ބޭނުންވާ އަދަދު: 0705 މުސާރަ: މަހަކު -/3100 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: - ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން - ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތާއި ހަވާލުކުރުން - ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން. - ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ އެ ޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން - އޮފީހުގެ ރަސްމީ މަސައްކަތާގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް. ހުށަހަޅަންޖެހޭ ތަކެތި: - ވަޒީފާއަށް އެދޭ ފޯމު - އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ - މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ފޮޓޯކޮޕީ - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް - ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް: ފޯން: 3008736 ފެކްސް: 3313726 - ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެން ހުންނާނެއެވެ. ނޯޓު: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިޔު ބޭއްވޭނީ 2017 ޖަނަވަރީ 23 ގެ ފަހުގެ ތާރީޚެއްގައި އަމީނިއްޔާ ސްކޫލްގައެވެ. 13 ރަބީޢުލްއާޚިރު 1438 |