މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 2 ރޭންކް: SS 2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
ސެކްޝަން
|
ޖެނެރަލް އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ބާޒާރުން ގަނެދިނުން.
- އޮފީހުގެ މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން
- ޖަލްސާތަކާއިބައްދަލުވުން ތަކުގެ ސައިފޮދުގެ އެންމެހާކަންތައްތައް އިންތިޒާމު ހަމަޖެއްސުން
- އޮފީހުގެ ފަރާތުން ބާއްވާ ބައްދަލުވުން ތަކަށް ޖަލްސާކުރާ މާލަން އިންތިޒާމުކުރުން.
- އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- އޮފީސްތެރެ ސާފުކޮށް ބެލެހެއްޓުން އަދި ފޮޅައި ސާފުކުރާ ފަރާތްތަކުގެ މަސައްކަތް ބެލެހެއްޓުން.
|
އުޖޫރައާއި އިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތްކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ރިސްކް އެލަވަންސް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ލިބިފައިވާ ތަމްރީނު، ލައިސަންސް އަދި ހުއްދައަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- ސަރުކާރުގެ މުދަލާއި ލިޔެކިޔުންތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ކޮށްފައިވާ މަސައްކަތް އެނގޭނެ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގާދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ވަޒީފާ އަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2017 ޖަނަވަރީ 24 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- އިންޓަރވިއުކުރުން 2017 ވަނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީމަހުގެ ތެރޭގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އެޖެންސީގެ ނަންބަރު 1402 އާ ގުޅުއްވުން އެދެމެވެ.
|