ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2017/10
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 18 ޖަނަވަރީ 2017 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ލޭބަރ، ވެހިކަލް ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

މަހަކު -/6,300 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އަދި އޯލެވެލް އިމްތިޙާނުގެ އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ބީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުންޏަށް ޓެންޑަރ އުސޫލުން ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމް:

ލޭބަރ (އަންހެން)

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

މަހަކު -/4,200 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ޢުމުރުން 25 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިމާރާތް ފޮޅައި ސާފުކުރުން.

މަޤާމް:

ލޭބަރ (ފިރިހެން)

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

މަހަކު -/4,200 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ވެލްޑިންގ މަސައްކަތާއި ރާނާ ސިމެންތި ޖަހަން އެނގުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ކުންފުނީގެ މެއިންޓެނަންސް މަސައްކަތްތައް ކުރުން.

މަޤާމް:

ވެހިކަލް ޑްރައިވަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

3

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

މަހަކު -/5,600 ރުފިޔާއާއި -/13,000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • ޑްރައިވިންގް ލައިސަންސްގެ ކެޓަގަރީ C0 (4 ޓަނުން ފެށިގެން މަތީގެ ވެހިކަލް ދުއްވުމުގެ ލައިސަންސް) އަދި V1 (ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް) އޮތުމާއެކު، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރޭވޭ ފަދަ އުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ދިވެހިބަހުން ލިޔަން ކިޔަން އެނގުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ކުންފުނީގެ ވެހިކަލް ދުއްވުމާއި ވެހިކަލް ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2017 ޖަނަވަރީ 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް، 2017 ޖަނަވަރީ 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017