ދިވެހިރާއްޖެ
|
އިޢުލާން ވަޒީފާގެ ފުރުޞަތު: މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ދަމަނަވެށިގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ. |
|||||
|
މަޤާމް: |
މެޑިކަލް އޮފިސަރ / ސީނިއަރ މެޑިކަލް އޮފިސަރ |
||||
|
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނާޒް |
|||
|
ޑިވިޜަން / ސެކްޝަން: |
ޖީޕީ ސަރވިސަސް |
||||
|
މަސައްކަތް ކުރަންޖެހޭ ތަން: |
ދަމަނަވެށި، މާލެ |
||||
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޕޭޝަންޓް ރެކޯޑް އޮޕަރޭޝަނާއި، އެހެނިހެން ޕްރޮސީޖަރ ނޯޓްސް އަޕްޑޭޓްކުރުމާއި، ޑިސްޗާޖް ސަމަރީއާއި، ޑެތް ސެޓުފިކެޓާއި، އެހެނިހެން ޑޮކިއުމެންޓޭޝަން ބެލެހެއްޓުމާއި، މިނިސްޓްރީ އޮފް ހެލްތުން އެދިވަޑައިގަންނަވާ ސަވައިލަންސް ޑިޒީޒާބެހޭ މެޑިކަލް ރެކޯޑް ބެލެހެއްޓުން. 2. އިންވެސްޓިގޭޝަން ރިޕޯޓްތަކުގެ ފޮލޯއަޕްހެދުމަށްފަހު ޕޭޝަންޓަށް ފަރުވާ ދިނުމާއި، ސްޕެޝަލިސްޓުންގެ ލަފާ ހޯދުން. 3. ތެރަޕިއުޓިކް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައްޔާއި، ޑައިގްނޯސްޓިކް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި، ސީނިއަރ ޑޮކްޓަރުންގެ ލަފާގެމަތިން އެކަން ރާވައި ހިންގުން. 4. ކޮންމެ ޝިފްޓެއް ނިމުމުގެ ކުރިން، އެ ޝިފްޓެއްގައި ކުރަން ހުންނަ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކޮށްނިންމުން. 5. ޝިފްޓް ނިމުމުން، ކުރިއަށްއޮތް ޝިފްޓުގެ ޑޮކްޓަރަށް ބަލިމީހާއާބެހޭ މަޢުލޫމާތު ހޭންޑްއޯވަރ ކުރުން. މީގެ ތެރޭގައި، ހާލުބޮޑު ބަލިމީހެއްނަމަ، ބަލިމީހާގެ ހާލަތު ރަނގަޅަށް ކިޔައިދިނުމާއި، ފޮލޯއަޕް ހަދަންޖެހޭނަމަ، އެކަން އެންގުން ހިމެނެއެވެ. 6. އަމިއްލައަށް އިސްނަގައިގެން ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުން. 7. ބަލިމީހުންނަށް ފަރުވާދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލަކަށް ގެންދެވެންދެން ދޭންޖެހޭ އިމާރޖެންސީ ފަރުވާ ފޯރުކޮށް ދިނުން. 8. މެޑިކަލް އޮފިސަރުންގެ ދަށުން މަސައްކަތްކުރާ ޖޫނިއަރ ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުން. 9. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން. 10. ދަމަނަވެށިން ރާވައި ހިންގާ ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުން. |
||||
|
ތައުލީމާއި ތަރުޖިބާ (ސީނިއަރ މެޑިކަލް އޮފިސަރ) |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
|
|
CS14-5 |
ސީނިއަރ މެޑިކަލް އޮފިސަރ، CS14-4 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/22،040 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS14-4 |
ސީނިއަރ މެޑިކަލް އޮފިސަރ، CS14-3 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/21،070 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS14-3 |
ސީނިއަރ މެޑިކަލް އޮފިސަރ، CS14-5 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/20،110 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS14-2 |
މެޑިކަލް އޮފިސަރ، CS12-5 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/19،230 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
ތައުލީމާއި ތަރުޖިބާ (މެޑިކަލް އޮފިސަރ) |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
|
|
CS12-5 |
މެޑިކަލް އޮފިސަރ، CS12-4 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/18،350 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS12-4 |
މެޑިކަލް އޮފިސަރ، CS12-3 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/17،490 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS12-3 |
1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ 1 އަހަރުދުވަހަށްވުރެ ކުރުނޫން އަދި 2 އަހަރަދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް، ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރގެ ދާއިރާއިން ހާސިލުކޮށްފައިވުމާއެކު، މެޑިކަލް އޮފިސަރ، CS12-2 ގެ ގްރޭޑުގައި 1 އަހަރުދުވަހު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން. 2. މެޑިކަލް އޮފިސަރ، CS12-2 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/16،630 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS12-2 |
1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ 1 އަހަރު ދުވަހަށްވުރެ ކުރުނޫން އަދި 2 އަހަރު ދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރގެ ދާއިރާއިން ހާސިލުކޮށްފައިވުން. 2. މެޑިކަލް އޮފިސަރ، CS12-1 ގެ ގްރޭޑްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
މަހަކު -/15،850 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
CS12-1 |
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން. |
މަހަކު -/15،090 ރުފިޔާ |
މަހަކު -/6،150 ރުފިޔާ |
||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||||
|
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ. |
||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||||
|
ސުންގަޑި: |
2017 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހަޅަންވާނެއެވެ. |
||||
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- އިންޓަވިއު އޮންނާނީ، 2017 ފެބުރުވަރީމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3014326 ނަންބަރު ފޯނަށެވެ. |
||||
| 13 ރަބީޢުލްއާޚިރު 1438 | |||||