ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-FIS/2017/01
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 19 ޖަނަވަރީ 2017 13:00
ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓް-ޓައިމް ލެކްޗަރަރުން ހޯދުމަށް

އިޢުލާން

އިސްލާމިކް ސްޓަޑީޒްގެ ދާއިރާއާއި، އުނގަންނައިދިނުމުގެ ދާއިރާއާއި، ޤުރުއާނާއި، އިނގިރޭސިބަސް ކިޔަވައިދިނުމަށް ޝައުޤުވެރިކަން ހުރި ޕާރޓް ޓައިމް ލެކްޗަރަރއިން މި ފެކަލްޓީއަށް ބޭނުންވެއެވެ.

ޕާޓް ޓައިމްކޮށް ކިޔަވައިދެއްވުމަށް އެދި ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ކުރިން މި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ، އަދި އެބޭފުޅުންގެ ކިޔަވައިދިނުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ލިބިފައިވާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ މި ފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

ކުރިން މިފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެއްނަމަ ހަމައެކަނި ސިޓީއެއް ހުށަހެޅުއްވުމުން ފުދޭނެއެވެ.

11 ޖަނަވަރީ 2017