ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2017/4
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 23 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

އިޢުލާން

ދައުލަތަށް ލިބޭ ލޯނާއި ހިލޭ އެހީ ހޯދުމަށް ޤާނޫނީ ގޮތުންނާއި، އިދާރީގޮތުންނާއި، ފަންނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބޭރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފައާއި، އިރުޝާދު ހޯދުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ތަޖުރިބާކާރު ފަރާތެއް ހޯދުމަށް ބޭނުންވާތީ، ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަޒީފާ އަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

12 ޖަނަވަރީ 2017