ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-ITS/1/2017/6
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 12 ފެބުރުވަރީ 2017 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޕޮއިންޓް އޮފް ސޭލްސް އަދި އެކައުންޓިންގް ސޮފްޓްވެއަރ ޑިވެލޮޕަރ/ ސިސްޓަމްސް، އެޕްލިކޭޝަންސް އެންޑް ޕްރޮޑަކްޓްސް (އެސް.އޭ.ޕީ) ސޮފްޓްވެއަރ ޑިވެލޮޕަރ

އިޢުލާން

ޕޮއިންޓް އޮފް ސޭލްސް އަދި އެކައުންޓިންގް ސޮފްޓްވެއަރ ޑިވެލޮޕަރ/ ސިސްޓަމްސް، އެޕްލިކޭޝަންސް އެންޑް ޕްރޮޑަކްޓްސް (އެސް.އޭ.ޕީ) ސޮފްޓްވެއަރ ޑިވެލޮޕަރ

އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތަންފީޒުކުރަމުންދާ "މައިކްރޯ، ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް" ޕްރޮޖެކްޓްގެ ދަށުން، މީރާގެ އެސް.އޭ.ޕީ ސޮފްޓްވެއަރ އެންހޭންސްމަންޓް ޕެކޭޖް އަޕްގްރޭޑްކުރުމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިސާބު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.

މަޤާމު:  ޕޮއިންޓް އޮފް ސޭލްސް އަދި އެކައުންޓިންގ ސޮފްޓްވެއަރ ޑިވެލޮޕަރ

އަދަދު: 1

ފެންވަރު ނުވަތަ ޝަރުތު: ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު:  އެސް.އޭ.ޕީ ސޮފްޓްވެއަރ ޑިވެލޮޕަރ

އަދަދު: 2

ފެންވަރު ނުވަތަ ޝަރުތު: އެސް.އޭ.ޕީ ސޮފްޓްވެއަރ އަދި އެސް.އޭ.ޕީ ބިޒްނަސް އިންޓަލިޖެންސް އަދި ބިޒްނަސް އޮބްޖެކްޓްސް (ބީ.އައި / ބީ.އޯ) އަށް އަހުލުވެރިވެފައިވުން

މަސައްކަތް ކުރަންޖެހޭ ތަން : މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ގަޑިރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 00:5 އަށް
ވަޒީފާގެ މުއްދަތު 6 މަސްދުވަސް

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: 12 ފެބުރުވަރީ 2017

އެކްސްޕްރެސް އޮފް އިންޓްރަސްޓް (އީ.އޯ.އައި) ހުށަހެޅުން: މަޤާމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އޭ.ޑީ.ބީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހަޅުއްވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށެވެ.

https://uxdmz06.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=132853

https://uxdmz06.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=132852

މި މަޤާމުތަކާ ބެހޭ އިތުރު ތަފުސީލު ނުވަތަ ޓާރމްސް އޮފް ރެފަރެންސް މި އޮތޯރިޓީގެ ވެބްސައިޓް https://www.mira.gov.mv  އިން ޑައުންލޯޑުކުރެވޭނެއެވެ.

7 ރަބީޢުލްއާޚިރު 1438

11 ޖަނަވަރީ 2017