ދެންނެވުން
ނަންބަރު: 116-J3/IL/2017/03
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 31 ޖަނަވަރީ 2017 15:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވޯޓަރ ފްރަންޓް ރެސްޓޯރެންޓްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުންގެންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޓަރމިނަލްގެ ކުރިމަތީގައިވާ ޖެޓީ ސަރަޙައްދުގައި (ވޯޓަރފްރަންޓް) މި ކުންފުނިން ކުރާ އިމާރާތުގައި އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ 6 ރެސްޓޯރަންޓް ހިންގަން ނިންމައި، ތިރީގައި މި ދަންނަވާ ކޮންސެޕްޓްތަކުގެ ބްރޭންޑެޑް ރެސްޓޯރަންޓް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރައްވަން ފުރުޞަތު ހުޅުވާލަމެވެ.

ކާބޯތަކެތީގެ ކޮންސެޕްޓް އަދި އޭގެ ބްރޭންޑް:

ކާބޯތަކެތީގެ ކޮންސެޕްޓް

ބޭނުންވާ އިންޓަނޭޝަނަލް ބްރޭންޑް

ޖާގައިގެ ބޮޑުމިން

Coffee Concept

Starbucks

231.00 އަކަމީޓަރު

Donut/ Pastry Concept

Dunkin’ Donuts or Krispy Kreme

80.00 އަކަމީޓަރު

Casual Dining Concept

Nando’s or Hard Rock Café

302.00 އަކަމީޓަރު

Fast Food Concept

Kentucky Fried Chicken (KFC) or McDonald’s

171.00 އަކަމީޓަރު

Pizza Concept

Domino’s or Pizza Hut

99.00 އަކަމީޓަރު

Ice-cream Concept

Häagen-Dazs or Baskin-Robbins

14.00 އަކަމީޓަރު

* ޖާގައިގައި ހިމެނެނީ ބަދިގެ، ސީޓިންގ އޭރިއާ އަދި ގުދަން

ބީލަމަށް ޝައުޤުވެރިކަން ރަޖިސްޓަރީކުރުން:

ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީކުރުމަށް cm@macl.aero އަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވުމުގެ ސުންގަޑިއަކީ 2017 ޖަނަވަރީ 31 ވާ އަންގާރަަދުވަހުގެ 15:00 އެވެ.

ރަޖިސްޓަރީ ކުރުމަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވާނީ ތިރީގައިވާ ލިޔުންތަކާއެކުއެވެ. އަދި ރަޖިސްޓަރީކުރެވޭނީ މަތީގައި ދެންނެވިފައިވާ ބްރޭންޑްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުން އެކަންޏެވެ.

  • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ސޯލް ޕްރޮޕްރަޔަޓާޝިޕް ރަޖިސްޓަރީގެ ކޮޕީ ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރޝިޕް ރަޖިސްޓަރީގެ ކޮޕީ 

  • ޓެކްސް ޕޭޔަރ ރަޖިސްޓަރީގެ ކޮޕީ

  • ހުށަހަޅާ ބްރޭންޑްގެ މިހާރު ހިންގާ ރެސްޓޯރަންޓަށް ލިބިފައިވާ ފްރެންޗައިސް ލައިސަންސްގެ ކޮޕީ ނުވަތަ ލައިސަންސް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމުގެ ލިޔެކިޔުން.

  • ގުޅާނެ ފޯނު ނަންބަރާއި، އީމެއިލުގެ އައި.ޑީ

  • ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ކޮންސެޕްޓް

ކޮންމެ ފަރާތަކަށްވެސް މަދުވެގެން އެއް ކޮންސެޕްޓް ނުވަތަ ހުރިހާ ކޮންސެޕްޓަކަށްވެސް ކުރިމަތިލެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވެ ހިންގަން ގަސްދުކުރާ އިންޓަރނޭޝަނަލް ބްރޭންޑު ރާއްޖޭގައި ހިންގުމަށް ފްރެންޗައިސީ ލައިސަންސް ހޯއްދަވަންވާނެއެވެ. ބީލަމަށް ޝައުޤުވެރިކަން ފާޅުކުރުމަށްފަހު ނުވަތަ ޝައުޤުވެރިކަން ފާޅުކުރުމުގެ ކުރިން ފްރެންޗައިސީ ލައިސަންސް ހޯދުމުގެ މަސައްކަތް ކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

ބީލަމަށް ޝައުޤުވެރިކަން ފާޅުކުރައްވައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބީލަަންފޮތް ދޫކުރެވޭނެއެވެ. އަދި އެފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.

ބީލަމުގެ އިވެލުއޭޝަން މަރުޙަލާއަށް ކޮލިފައިވާނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް

  1. މި ބީލަމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ބޭފުޅުންނަށް ބީލަންފޮތް ފެބުރުވަރީ 2017 ގައި ދެވޭނެއެވެ.

  2. ސޯލް ޕްރޮޕްރަޔަޓާޝިޕް ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރޝިޕް ނުވަތަ ކުންފުންޏަކަށްވުން 

  3. ހުށަހަޅާ ބްރޭންޑްގެ ލައިސަންސް ލިބި ހިންގާ ރެސްޓޯރަންޓެއް ހުރި ފަރާތަކަށްވުން ނުވަތަ ހުށަހަޅާ ބްރޭންޑްގެ ލައިސަންސް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމުގެ ލިޔެކިޔުމެއް ލިބިފައިވާ ފަރާތަކަށްވުން

  4. އެމް.އޭ.ސީ.އެލް އަށް ދަރަނިވެރިވެފައިވާ ނުވަތަ ސަރުކާރުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ލިސްޓު ކުރެވިފައިވާ ފަރާތަކަށް ނުވުން

  5. ބީލަމަށް ކުރިމަތިނުލެވޭ ފަދަ ކޯޓު ޙުކުމެއް ނުވަތަ ބީލަމުގައި ބައިވެރިނުވެވޭ ފަދަ މައްސަލައެއް ޝަރީޢަތުގެ މަރުޙަލާގައި ހިނގަމުންދާ ފަރާތަކަށް ނުވުން

  6. 2013، 2014 އަދި 2015 ގެ އޯޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅޭނެ ފަރާތަކަށްވުން (މި ބީލަމުގެ ބޭނުމަށް ސޯލް ޕްރޮޕްރަޔަޓާޝިޕް ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރޝިޕް ފަރާތް ވެސް މާލީ ބަޔާން ތައްޔާރުކުރައްވައި ސަރޓިފައިޑް އޮޑިޓަރެއްގެ ބަޔާނާއެކު ހުށަހަޅުއްވަންވާނެއެވެ.)

ބީލަން ކުރިޔަށްދާނެ ތާރީޚުތައް:

ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުން:              12 ޖަނަވަރީ 2017

ޝައުޤުވެރިކަން ރަޖިސްޓަރީ ކުރުމުގެ މުއްދަތު ނިމުން:      31 ޖަނަވަރީ 2017

ރަޖިސްޓަރީ ކުރި ފަރާތްތަކަށް ބީލަންފޮތް ދިނުން:         ފެބުރުވަރީމަހުގެ ފުރަތަމަ ހަފުތާގައި   

ޕްރީބިޑް މީޓިންގ                          15 ފެބުރުވަރީ 2017

ބީލަން ހުށަހަޅަންޖެހޭ ތާރީޚު                    15 މާރިޗު 2017

ބީލަން އިވެލުއޭޓް ކުރުމުގެ މަރުޙަލާ                16 މާރިޗު 2017 އިން 1 އެޕްރީލް 2017 އަށް

ރަޖިސްޓަރީ ކުރުމާއި އިތުރު މަޢުލޫމާތު:

ކޮމަރޝަލް ޑިޕާޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000 ދިވެހިރާއްޖެ

ފޯން: 3337215، 3337156

އީ-މެއިލް: [email protected]

12 ޖަނަވަރީ 2017