ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-D3/138/2017/5
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 26 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
'ގެދޮރުވެރިކުރުން' ޕްރޮގްރާމްގެ ސާވޭއާބެހޭ

ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ސާވޭ މަސައްކަތް ކުރިއަށްދާއިރު، ފޯމުގައި ހިމެނޭ މަޢުލޫމާތު މީގެ ކުރިން ދެވެނީ ހަމައެކަނި ފޯމުގެ ވެރިފަރާތަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ވެރިފަރާތާ ބައްދަލުނުވާކަން ސާވޭގެ މަސައްކަތް ކުރިއަށްދިޔައިރު މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. ވީމާ، ފޯމުގެ ވެރިފަރާތުގެ ބަދަލުގައި ފޯމުގައި ހިމަނާފައިވާ 18 އަހަރުން މަތީގެ ފަރާތަކަށް، ސާވޭ ކުރިއަށް ގެންދިއުމަށްޓަކައި، މަޢުލޫމާތު ދެވޭގޮތަށް 15 ޖަނަވަރީ 2017 އިން ފެށިގެން ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

12 ޖަނަވަރީ 2017