ދިވެހިރާއްޖެ
މަޤާމް :ފޯމަން | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މަޤާމް: ފޯމަން ބޭނުންވާ އަދަދު: 1 (އެކެއް) އަސާސީ މުސާރަ: މަހަކު -/3500 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް) މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން ޕަވަރ މިކްސް އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަހަކު -/2500 ރުފިޔާއާއި -/3000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް އެލަވަންސް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/100 ރުފިޔާގެ ލިބޭނެއެވެ. * މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު) މަޤާމުގެ މަސްއޫލިއްޔަތު: 1. ކަސްޓަމަރުންގެ ސައިޓުތަކަށް ރެޑީ މިކްސް އޯޑަރުތައް ޑެލިވަރ ކުރުން. 2. ބެޗިންގ ވެހިކަލްތަކުގެ މެއިންޓަނަންސް ލޮގް ބެލެހެއްޓުމާއި ވެހިކަލްތައް ސާފުކުރޭތޯ ބެލުން. 3. ލޭބަރުންގެ މަސައްކަތް ސުޕަވައިޒްކުރުން. 4. އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. ތަޢުލީމާއި ތަޖުރިބާ: - ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން. - ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން. - މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހާއި 5 އަހަރުދުވަހާ ދެމެދުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 22 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެންވެސް ވެސް ހުންނާނެއެވެ. ނޯޓު: 1. ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ. 2. މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. 3. މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ. 4. އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 5. ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344261 ވެބްސައިޓް: www.stomaldives.com 14 ރަބީޢުލްއާޚިރު 1438 |