ތަމްރީނު
ނަންބަރު: (IUL)56-CAS/1/2017/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި: 19 ޖަނަވަރީ 2017 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު

މޭކް އަރ ސްޕޭސް ޕްރޮގްރާމުގެ ދަށުން، ޤައުމީ ކުތުބުޚާނާއާއި ކްރިއޭޓިވް ޕައިނިއަރސް ގުޅިގެން، ޑްރާމާ ލިޔަން ދަސްކޮށްދިނުމުގެ ކޯހެއް 2017 ޖަނަވަރީ 23 އިން 2017 ފެބުރުވަރީ 23 އަށް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި މިވަނީ ކޯހާ ގުޅޭ މަޢުލޫމާތެވެ.

  • ތަމްރީނުދެވޭ ދާއިރާ: ޑްރާމާ ލިޔަން ދަސްކޮށްދިނުން
  • ކޯސް އަމާޒުކުރެވިފައިވާ ފަރާތްތައް: މި ދާއިރާއަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކަށް
  • ތަން: ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް
  • މުއްދަތު: 1 މަސްދުވަސް
  • ގަޑި: 10:00 – 12:00
  • ޖާގަ: 20

ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރުއްވުމަށްފަހު 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ޤައުމީ ކުތުބުޚާނާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިކޯހަށް އެދޭ ފޯމު ލިބެންހުންނާނީ ޤައުމީކުތުބުޚާނާގެ ކައުންޓަރުން އަދި ވެބްސައިޓް (www.nlm.gov.mv) އިން ޑައުންލޯޑު ކުރެއްވޭނެއެވެ. މި ކޯހާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، ލައިބްރޭރިއަން ޒުލްހާނާ އާދަމް (3340981) އަށެވެ.

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017