ކުއްޔަށް ދިނުން
ނަންބަރު: GS158/I/2017/02
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 17:05
ސުންގަޑި: 19 ޖަނަވަރީ 2017 10:30
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ބެލެނިވެރިންގެ ޝޮޕް-1 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ބެލެނިވެރިންގެ ޝޮޕް-1 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާ ގުޅޭ.

މި ސްކޫލުގެ ގޯތީގެ އިރުދެކުނު ކަންމަތީގައި ޢިމާރާތްކޮށްފައިވާ ޝޮޕް ކުއްޔަށްދޭން ބޭނުންވާތީ، އެކަން އާންމުކޮށް އެންގުމުގެގޮތުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 10:30 އަށް މި ސްކޫލުގެ އިދާރާއަށް ކުއްޔަށް ހިފަން ބޭނުންވާ އަގު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ސްކޫލުގެ 6680803 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 ރަބީޢުލްއާޚިރު 1438

07 ޖަނަވަރީ 2017