ކުއްޔަށް ދިނުން
ނަންބަރު: TCL/PROC-TA/2017/001
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 17 ޖަނަވަރީ 2017 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ކ.ތިލަފުށިން ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ކ. ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަޙައްދުން ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މި ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ރަޖިސްޓަރީކުރުން

ޓީސީއެލް ހެޑްއޮފީސް

5 ދުވަސް ރަސްމީ

11 ޖަނަވަރީ 2017 އިން 17 ޖަނަވަރީ 2017 އަށް

09:00 – 15:00

ބީލަންފޮތް ދޫކުރަން ފެށުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

18 ޖަނަވަރީ 2017

09:00 ގައި

ޕްރީ ބިޑް މީޓިންގ

ޓީސީއެލް ހެޑްއޮފީސް

ހޯމަ

23 ޖަނަވަރީ 2017

10:30 ގައި

ބިޑް ސެކިއުރިޓީ ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

5 ދުވަސް ރަސްމީ

24 ޖަނަވަރީ 2017 އިން 30 ޖަނަވަރީ 2017 އަށް

09:00 އިން 15:00 އަށް

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ

31 ޖަނަވަރީ 2017

13:30 ގައި

  • ރަޖިސްޓްރީކުރުމުގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ބީލަން ހުށަހަޅަން ގަސްތުކުރާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓަރީކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް -/5،000 (ފަސްހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 2017 ޖަނަވަރީ 30 ވާ ހޯމަދުވަހުގެ 15:00 އެވެ.

ނޯޓް: ރަޖިސްޓަރީ ކުރުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ހާޒިރުވާއިރު ކުންފުންޏެއްނަމަ، ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީއެއް ގެންނަންވާނެއެވެ. އަމިއްލަ ފަރުދެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން:

  • ބީލަން ހުށަހަޅަންވާނީ ކުއްޔަށް ހިފަން އެދޭ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
  • ބީލަން ހުށަހަޅާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

ބީލަން ހުށަހެޅޭނީ 2017 ޖަނަވަރީ 30 ވާ ހޯމަދުވަހުގެ 15:00 ކުރިން ބިޑް ސެކިއުރިޓީ ދައްކާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާއެކުގައެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ލިންކަށް ފިތާލާށެވެ.

http://www.tcl.com.mv/v2/wp-content/uploads/2017/01/Plot-Details-TA-001-2017-Land-Leasing.pdf

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017