މަސައްކަތް
ނަންބަރު: JS-B/2017/02
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 17 ޖަނަވަރީ 2017 11:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލު ބެލްކަނިތަކުގެ ރެއިލިންގ އުސްކުރުން

ސްކޫލު ބެލްކަނީގެ ރެއިލިންގ އުސްކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ކުރި ނަންބަރު JS-B/2016/47 އިޢުލާނާ ގުޅިގެން މި ސްކޫލުގެ ބެލްކަނީގެ ރެއިލިންގއާއި ސިޑިގޮޅީގެ އަތްގަނޑުތައް އުސްކުރުމުގެ މަސައްކަތްތަކަށް ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީއާއި، ބައެއް ފަރާތްތަކުން ހުށަހެޅި އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ،  އެ އިޢުލާނާ ގުޅިގެން ރެއިލިންގ މަސައްކަތްތަކަށް ހުށަހެޅި އަންދާސީހިސާބުތައް ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ބެލްކަނިތަކުގެ ރެއިލިންގއާއި ސިޑިގޮޅީގެ އަތްގަނޑުތައް އުސްކޮށްދިނުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

14 ރަބީޢުލްއާޚިރު 1438

12 ޖަނަވަރީ 2017