ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން:
2017 ވަނަ އަހަރު، ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
ބާރަށު ސްކޫލުގެ އޮފީސް |
22 ޖަނަވަރީ 2017 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ބާރަށު ސްކޫލުގެ އޮފީސް |
26 ޖަނަވަރީ 2017 |
ބުރާސްފަތި |
11:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެންފަރާތެއް ހާޒިރުވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީކުރެވިފައިވާ) ފަރާތަކަށް ވާންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 6500527 ނަންބަރު ފޯނާއެވެ.
14 ރަބީޢުލްއާޚިރު 1438