މަސައްކަތް
ނަންބަރު: MMS-A/2017/02
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 02 ފެބުރުވަރީ 2017 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި، ކަސްޓަމްސްއިން ކްލިއަރކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 2 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ހުޅުލޭގައި ހުންނަ މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރކުރުމަށް ބެނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދަލާއި، ތަކެތި ކްލިއަރ ކުރުމަށް ފަހު އެތަކެތި ރައްދުކުރުން:

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލޭގައި ހުންނަ)

 

 

 

މުއްދަތު:

  • 1 (އެކެއް) އަހަރުދުވަސް

 

އަގު:   

  • ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަންގައި ވަކި ވަކިން އެނގެން އޮންނަންވާނެއެވެ. އަދި ޖުމުލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރކުރުމުގައި ޢަމަލުކުރަންވީ ކަންތައްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 1 އަހަރުދުވަހުގެ ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދަލާއި، ތަކެތި ކަސްޓަމްސްއިން ކްލިއަރކުރުން.
  2. ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް އަގު ކަނޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދުތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތައް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފުސީލު އެނގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ޙަވާލުވި ފަރާތާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލައި އެކަމެއް ރަނގަޅުކުރުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް، މި ސަރވިސްއާ ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.
  9. މާލޭ ކަސްޓަމްސް ސަރަހައްދުން މުދާ ނެރެ ހުޅުލެއަށް އެރުވުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީއާ ގުޅައިގެން ހޯދުމަކީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓުގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓުގެ ރަޖިސްޓަރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީއެއް. (ރަޖިސްޓަރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މި ބާވަތުގެ މަސައްކަތްކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

 

ކޯޓޭޝަން ހުށަހަޅަންޖެހޭ ތަން:

  • ހުޅުލޭގައި (ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް.

 

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި:

  • 2017 ފެބްރުވަރީ 2 ވާ ބުރާސްފަތިދުވަހުގެ 13:00

އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ޕޮއިންޓު (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ށ) ޤާބިލުކަން

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުން ތިބި ނަމަ:  06 ޕޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާ ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ޕޮއިންޓް.

 

(ނ) ތަޖުރިބާ:

  • 0 -–5 އަހަރަށް  05 ޕޮއިންޓު.
  • 5 -–10 އަހަރަށް 10 ޕޮއިންޓު.
  • 10 -–15 އަހަރަށް  15 ޕޮއިންޓު.
  • 15 އަހަރަށް ވުރެ ގިނަނަމަ 20 ޕޮއިންޓު.

 

އިތުރު މަޢުލޫމާތު:

  • ތަކެތި ކްލިއަރކުރުމަށް އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
  • ތަކެތި ކްލިއަރކުރުމަށް ފަހު ގެންދާ ތަކެތި އެ އޮފީހަކުން ދައްކާ ތަނެއްގައި ބަހައްޓައިދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެ އޮފީހަކަށް މުދަލާއި ތަކެތި ގެންދާ ތާރީޚާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުމާއި، ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:

 

  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

14 ރަބީޢުލްއާޚިރު 1438

 

 

12 ޖަނަވަރީ 2017