މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/9
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 26 ޖަނަވަރީ 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތެއް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 އިޢުލާން

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރެވޭ 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 01 ވާ ބުދަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޖަނަވަރީ 2017