މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2017/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 17 ޖަނަވަރީ 2017 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ ގޮފީގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/64 އިޢުލާނާ ގުޅިގެން ތިންފަރާތަކުން މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހު 14:00އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2017 ޖަނަވަރީ 22 ވާ އާދީއްތަދުވަހުގެ 14:00 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ޢިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި ދުވަހުގެ 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ 09:00 ން 14:00 އާ ދެމެދު 3348266 ނަންބަރު ފޯނަށެވެ.

10 ޖަނަވަރީ 2017