މަސައްކަތް
ނަންބަރު: 153-FSC/IUL/2017/01
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 17 ޖަނަވަރީ 2017 00:00
ފެކަލްޓީ އޮފް ސައިންސް
ދިވެހިރާއްޖެ
ޓީޗިންގ ބުކްލެޓް ހެދުން

އިޢުލާން

މަސައްކަތް: ޓީޗިންގ ބުކްލެޓް ހެދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ސައިންސްއިން 2017 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ބެޗްލާރ އޮފް ސައިންސް (ބައޮލޮޖީ/ކެމިސްޓްރީ/ފިޒިކްސް) ކޯހުގެ ތިރީގައިވާ 2 މާއްދާގެ ޓީޗިންގ ބުކްލެޓް ހެދުމަށް، 12 ޑިސެންބަރު 2016 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ނަންބަރު 153-FSC/IUL/2016/07 އިޢުލާނާ ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

1.      ސައިންޓިފިކް އެންޑް އެނަލެޓިކަލް ސްކިލްސް

2.      ބައޮލޮޖީ އޮފް ސެލްސް އެންޑް އޯގަނިޒަމްސް

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 14:00 އަށް ފެކަލްޓީ އޮފް ސައިންސް (ހ.ސޯސަންގެ، 2 ވަނަފަންގިފިލާ، ސޯސަންމަގު) އަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 14:00 ގައި ހ.ސޯސަންގެ، 2 ވަނަފަންގިފިލާގައި ހުންނަ ފެކަލްޓީ އޮފް ސައިންސްގެ އޮފީހުގައެވެ.

 

10 ޖަނަވަރީ 2017