ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލަށް ތަރުޖަމާނެއް މަޤާމަށް މީހަކު ހޯދުމަށް، 11 އޮކްޓޫބަރު 2016 ގައި ކުރެވުނު ނަންބަރު (IUL)LHAH-AH/LHAH/2016/7 ގެ އިޢުލާން ބާޠިލްކޮށް، އަލުން އެ މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު ހުޅުވައިލަމެވެ.
ތަރުޖަމާނު |
މަޤާމް: |
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
|
ޖީ. އެސް. 3 |
މަޤާމުގެ ރޭންކް: |
|
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
|
މަހަކު -/4،465 ރުފިޔާ |
މުސާރަ: |
|
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
|
- އިތުރުގަޑީގައި ކުރާ މަސައްކަތަށް، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް. - ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް. - ޑިޔުޓީ އުސޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް. |
އިތުރު ޢިނާޔަތްތައް: |
|
ޕަބްލިކް ރިލޭޝަން، ޅ. އަތޮޅު ހޮސްޕިޓަލް |
މަސައްކަތް ކުރަންޖެހޭ ތަން: |
|
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
މަޤާމުގެ ޝަރުޠު: |
|
- ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމާއި، ޑޮކްޓަރު ބަލިމީހާއަށް އަންގައިދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގައިދިނުން. - ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކުރުމާއި ނަންބަރު ދޫކުރުން. - ބަލިމީހާއަށް ޑޮކްޓަރު ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގައި އެހީވުން. - ޕޭޝަންޓް މާސްޓަރ އިންޑެކްސް ދުވަހުން ދުވަހަށް އަޕްޓޭޑްކުރުން. - އޯ ޕީ ޑީ ގައި ފަރުވާދެވޭ ބަލިމީހުންގެ ރެކޯޑުތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުން. - މެޑިކަލް ރެކޯޑު ތައްޔާރުކުރުން. - ޚިދުމަތަށް އެދި އަންނަ މީހުންނަށް އިޙްތިރާމްކޮށް، ހިތްހެޔޮކަމާއެކު އެހީތެރިވެ މަގުދައްކައިދިނުމާއި، ބޭނުންވާ މަޢުލޫމަތު ސާފުކޮށްދިނުން. - ޚިދުމަތުގެ އަގުގެގޮތުގައި ހޮސްޕިޓަލަށް ނަގާ ފައިސާ ބަލައިގަތުމާއި، ރެކޯޑް ބެލެހެއްޓުން. - ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން. |
މަޤާމުގެ މައިގަނޑު މަސައްކަތްތައް: |
|
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
ހުށަހަޅަންޖެހޭ ތަކެތި: |
|
ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމުގެ ސިފަތަކަށް ބަލައި، އިންޓަވިއުން އެންމެމަތީ މާކްސް ހޯދާ މީހެކެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 5 ހަފުތާގެ ތެރޭގައެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު ކުރުން: |
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ، 2017 ޖަނަވަރީ 24 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. |
ސުންގަޑި: |
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6620048 ނަންބަރު ފޯނަށެވެ. |
އިތުރު މަޢުލޫމާތު: |
11 ރަބީޢުލްއާޚިރު 1438