މަސައްކަތް
ނަންބަރު: (IUL)253/253/2017/3
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 25 ޖަނަވަރީ 2017 09:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން:

މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު (IUL)253/253/2016/127 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރީމެވެ.

2017 ވަނަ އަހަރު މި އިދާރާގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 25 ވާ ބުދަދުވަހުގެ 9:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 26 ވާ ބުރާސްފަތިދުވަހުގެ 9:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައެވެ.

10 ރަބީޢުލްޢާޚިރު 1438

08 ޖަނަވަރީ 2017