ވަޒީފާގެ ފުރުޞަތު
ނަންބަރު: GS187/IUL/2017/01
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 17 ޖަނަވަރީ 2017 13:00
އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 3 (ފަހެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އޮތް އޮފީސް: އިސްދޫ ކަލައިދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ޝެކްޝަން، އިސްދޫ ކަލައިދޫ ސްކޫލް

ސަރވިސް

އެލަވަންސް

މަޤާމުގެ އަސާސީ

މުސާރަ

މަޤާމުގެ ޝަރުޠު

މަޤާމުގެ  ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/4،500 ރުފިޔާ

ހ- ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގުރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.)

-

-

ރިލީފް ޓީޗަރ

މަހަކު -/5،500 ރުފިޔާ

ށ- މަތީ ސާނާވީ ތަޢުލީމު ފުރިހަމަކޮށްފައިވުން (ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމައި، އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

މަހަކު -/2،500 ރުފިޔާ

މަހަކު -/6،090 ރުފިޔާ

ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

1. ޓެކްސް ފޮތުގައިވާ މަސައްކަތުގެ އިތުރުން، ކުލާހުގައިވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ސުޕަވައިޒަރުންނާއި އެޗް.އޯ.ޑީން އަންގަވާ ގަވާއިދެއްގެމަތީން ލެސަންޕްލޭން ތައްޔާރުކޮށް، އެބޭފުޅުން ލައްވައި ޗެކްކުރުވުން.

2. މުޅި އަހަރުގެ މުޤައްރަރު، 2 ޓާމަށް ބަހައިގެން، ސްކީމް ތައްޔާރުކުރުން.

3. ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި، ކިޔަވައިދިނުން އެއާ އެއްގޮތަށް ބައްޓަންކޮށް، މުޤައްރަރުގައިވާ ބައިތައް ހާސިލުކުރުން.

4. ކުލާހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި، ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާޙައުލެއް ޤާއިމްކުރުމާއި، ކިޔަވައިދޭ ގަޑިތަކަކީ ފޮތް މާކުކުރާ ގަޑިތަކަކަށް ނެހެދުން.

5. ކިޔަވައިދޭއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.

6. ކިޔަވައިދޭ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.

7. ވީހައިވެސް ބޮޑަށް ކުދިން އުނގަންނައިދޭ ހަރަކާތްތަކުގައި ބައިވެރިކުރުވައިގެން އުނގަންނައިދިނުން.

8. އިސްލާމް، ޤުރްއާން، ދިވެހި، ޕީއީ، ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުން އިނގިރޭސިބަހުން ވާހަކަދެއްކުމަށް ބާރުއެޅުން.

9. ދިވެހިބަހުން ވާހަކަދައްކާ ގަޑިތަކުގައި ރީތި ދިވެހިބަސް ބޭނުންކުރުމަށް ބާރުއެޅުން.

10. ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހިތްވަރުދިނުން.

11. ކިޔަވައިދޭ މާއްދާތަކަށް ދަށްކުދިން ފާހަގަކޮށް، ރިމީޑިއަލް ނެގުން.

12. ކުދިންގައި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކިޔެވުމަށް ހުރަސްއަޅާފަދަ ކަމެއް ވޭތޯ ބަލައި، ސުޕަވައިޒަރުންނަށް އެކަން އެންގުން.

13. ދަރިވަރުންގެ ފެންވަރާމެދު މުދައްރިސް ޒިންމާވާން ޖެހޭނެއެވެ.

14. ރިޕޯޓް ފޮތުގައި ޓިޕެކްސް ނުޖެހުން.

15. މުދައްރިސުން އެ މުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.

16. ސެޝަނުގެ ފުރަތަމަ ބެލްޖެހުމާއެކު، ކްލާސް ޓީޗަރުން ކްލާސްތަކަށް ވަންނަންވާނެއެވެ.

17. ކްލާސް ޓީޗަރުން ހާޒިރީ މާކްކޮށް، ހާޒިރީގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރަން ވާނެއެވެ.

18. ހަވާލުކުރެވިފައިވާ ކުލާސް ރެކޯޑުގައިވާ ބައިތައް ގަޑިންގަޑިއަށް ފުރިހަމަކުރުން.

19. ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެ ކްލާހެއްގައި ހުންނަ މުދައްރިސެކެވެ.

20. ކްލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަން ނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެކުރިން އެ ގަޑިއެއްގައި ކުލާހުގައި ހުރި ޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވައި ނަގުވައި ޑަސްބިނަށް އަޅަން ޚާއްޞަ ސަމާލުކަމެއް ދިނުން.

21. ވީހައިވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބަލަންވާނެއެވެ.

22. ކްލާސް ޓީޗަރުން، ކްލާހަށް ހާޒިރުނުވާ ދަރިވަރުންނާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަންވާނެއެވެ.

23. ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެލުމުގެދަށުންނޫނީ ކްލާސް ދޫކޮށްލާފައި ގޮސްގެން ނުވާނެއެވެ.

24. ކްލާހަށް ހާޒިރުވާންވާނީ، ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެގެން ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެންނެވެ.

25. ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދޭ މަސައްކަތުގެ މައްޗަށެވެ.

26. ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެފަރާތަކާ ހަވާލުވެފައިވާ ހަރަކާތެއް ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.

27. ދަރިވަރުންގެ ކިބައިން ފެންނަ ނުރަނގަޅު ކަންތައްތައް އިޞްލާޙުކުރުމަށް މަސައްކަތްކުރުމާއެކު، ކަމާބެހޭމަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.

28. ސްކޫލުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަން ވާނެއެވެ.

29. އެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރަންވާނެއެވެ.

30. ކިޔަވައިދޭ ގަޑީގައި ބޭކާރުގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.

31. ހިންގަވާ ހުރިހާ ހަރަކާތްތަކެއްގެ ރެކޯޑް ބަލަހައްޓަން ވާނެއެވެ.

32. ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެވަގުތަކު އެ ކްލާހުގައި ހުންނަވާ މުދައްރިސެކެވެ.

33. ދަރިވަރުންގެ ކިބައިގައި ސާފުތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރަންވާނެއެވެ.

34. ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

35. ސްކޫލުގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރިގޮތުގައި ނޫނީ ބޭނުންނުކުރާށެވެ.

36. ފަރުވާކުޑަކަމުން ސްކޫލުގެ އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ، އެކަމުގެ ޒިންމާ އެމީހަކު އުފުލަންޖެހޭނެއެވެ.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

4. ޕީ.އީ ޓީޗަރ ނެގުމުގައި ފިރިހެނަކަށް އިސްކަންދެވޭނެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން.

ހުށަހަޅަންވީ ގޮތް:

2017 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އިސްދޫ ކަލައިދޫ ސްކޫލުގެ އިދާރާއަށެވެ.

ސުންގަޑި:

އިންޓަވިޔު އޮންނާނެ ތާރީޚެއް ފަހުން އެންގޭނެއެވެ.

އިންޓަވިއު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800743 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

10 ރަބީޢުލްއާޚިރު 1438

08 ޖަނަވަރީ 2017