ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯގެ ބޭނުމަށް ކްލީން ޕެޓްރޯލިއަމް ޕްރޮޑަކްޓް ޓޭންކަރެއް ހޯދަންބޭނުންވެއްޖެ
މި ކުންފުނީގެ ނަންބަރު 60-އޭޑީއެމް/2016/270 އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ ބިޑެއް ލިބިފައިނުވާތީ އަލުން ފުރުޞަތު ހުޅުވައިލަމެވެ.
ވީމާ، އެސް.ޓީ.އޯގެ ބޭނުމަށް 29,000cbm އާއި 36,000cbm އާ ދެމެދުގެ ކެޕޭސިޓީ ހުރި ކްލީން ޕެޓްރޯލިއަމް ޓޭންކަރެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ފުރިހަމަވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝިޕް ބްރޯކަރުންނަށާއި، ޝިޕް އޯނަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.
ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ދޫކުރުން:
ބީލަމުގައި ރަޖިސްޓަރީވުމަށް 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ 16:00 ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓަރޭޝަން ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ -/200 އެމެރިކާ ޑޮލަރު ޑައިރެކްޓު ޑިޕޮސިޓްގެ ގޮތުގައި މި ކުންފުނީގެ އެޗް.އެސް.ބީ.ސީ އެކައުންޓަށް ޖަމާ ކުރަންވާނެއެވެ. މި ކުންފުނީގެ އެޗް.އެސް.ބީ.ސީ އެކައުންޓު ނަންބަރަކީ 005999 200 103 ސްވިފްޓް ކޯޑް HSBCMVMV އެވެ.
ބީލަން ކަރުދާސް މިކުންފުނީގެ ވެބްސައިޓުން (www.sto.mv ) ޑައުންލޯޑު ކުރެވޭނެއެވެ.
ސުވާލާއި ޖަވާބު
ބީލަން ކަރުދާސް ބައްލަވައިގަތުމަށް ފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2017 ޖަނަވަރީ 23 ވަނަ ދުވަސް ނިމުމުގެ ކުރިން އީ- މެއިލުން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްް 2017 ޖަނަވަރީ 24 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަން ކަރުދާސް ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 30 ވަނަ ދުވަހުގެ 16:00 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑުއޮފީހުގެ ކޮންފަރެންސް ރޫމްގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.
ސްޓޭޓް ޓްރޭޑިނގް އޯގަނައިޒޭޝަން ޕލކ.
އެޑްރެސް: ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 196 44 33 960+/ 321 44 33 960+
ފެކްސް: 633 44 33 960+
ކޮންޓެކްޓް ކުރަންޖެހޭ ފަރާތް: މުޙައްމަދު ޝުޖާއު
އީމެއިލް: [email protected]
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.
ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި GMT+5:00
12 ރަބީޢުލްއާޚިރު 1438