ވަޒީފާގެ ފުރުޞަތު
މަޤާމް: އޮފީސް އެސިސްޓެންޓް
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ ރޭންކް: އެސް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މުސާރަ: މަހަކު-/3470 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ހިރިޔާ ސްކޫލް / ކ. މާލެ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ހިރިޔާ ސްކޫލް / ކ. މާލެ
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
|
އެހެނިހެން އިނާޔަތްތައް:
|
ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ކަނޑައެޅިފައިވާ ހަފްތާއެއްގައި އޮފީސް ތަޅުދަނޑި ގެނައުމާއި އޮފީސް ނިމުމުން އޮފީސް ބަންދުކޮށް ތަޅުދަނޑިއެޅުވުން.
- މި ސްކޫލުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި، މެސެޖް ފަދަ ލިޔުންތައް، ރައްދުކުރަންޖެހޭ ފަރާތްތަކަށް، ހަވާލުކޮށް ނިންމުން.
- ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާރޗެސް އޯޑަރުފޯމު ދިނުމުން، އެ ތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމު، ފޯމު ހަވާލުކުރާ ދުވަހު، ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ސްކޫލަށް ގެނައުން.
- ބޭންކްތަކަށް ސްކޫލުން ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޗެކުތައް ހަވާލުކުރުމުން، ވީއެންމެ އަވަހަކަށް ފައިސާ ޖަމާކޮށްފައި ބަޖެޓް ސެކްޝަނާ ސްލިޕް ހަވާލުކުރުމާއި، ޗެކްތަކަށް ނަގަންޖެހޭ ފައިސާ ނެގުމަށް، ޗެކު ހަވާލުކުރުމުން، ވީއެންމެ އަވަހަކަށް ފައިސާ ނެގުމަށްފަހު، ބަޖެޓް ސެކްޝަނާ ފައިސާ ހަވާލުކުރުން.
- ބިދޭސީ މުވައްޒަފުންގެ ވިސާކާޑު ހެއްދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމާއި، ނަގަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތުގައި ނެގުން.
- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއެކު، އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ހިރިޔާ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ).
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ސުންގަޑި:
|
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.
|
ނޯޓް:
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ ހިރިޔާ ސްކޫލުގައެވެ.
- އަދި މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓުކުރާއިރު ހޮވޭފަރާތްތަކާއެވެ.
- އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3307500 ނަންބަރާ ގުޅުއްވުން އެދެމެވެ.
|