ތަމްރީނު
ނަންބަރު: (IUL)30-F/INDIV/2017/4
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 18 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ދަނޑުވެރިކަމުގެ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މި މިނިސްޓްރީން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި، މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް މިމިނިސްޓްރީން މަސައްކަތްކުރާނެއެވެ. ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދިލައްވާފައިވާނަމަ، ކޯސް ހިންގުމަށް އެދި ހުށަހަޅުއްވާފައިވާ ފޯމުގައި ދެއްވާފައިވާ މައުލޫމާތުތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާކަމަށް މިނިސްޓްރީއަށް ފެންނަ ރަށްތައް ކަނޑައަޅައި، އެ ރަށްރަށުގައި 2017 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދެވޭނެއެވެ.

މި އަހަރު ހިންގުމަށް ކަނޑައެޅިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ލިސްޓާއި އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ނަން:

ކޯހުގެ އަދަދު

މުއްދަތު (ދުވަސް)

ކޯހާ ގުޅޭ އިތުރު މަޢުލޫމާތު

1. ދަނޑުވެރިކަމުގެ ވިޔަފާރި

2 ކޯސް

14

ރާއްޖޭގައި ވިޔަފާރިއަށް ހައްދާ ބާވަތްތައް އިންދައި ހައްދާނެ ގޮތް، ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަހުލުވެރިކުރުވުން، އަދި އާންމުކޮށް ދިމާވާ ބަލި ކޮންޓްރޯލްކޮށް މެނޭޖް ކުރާނެގޮތް

2. ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުން

1 ކޯސް

7

ކުކުޅު، ބަކަރި އަދި އެފަދަ ކުދި ޖަނަވާރު ގެންގުޅޭނެ ގޮތުގެ މަޢުލޫމާތު

3. ހޯމްގާޑްނިންގް އަދި ހައިޑްރޮޕޯނިކްސް

4 ކޯސް

10

ފެނުގައި ގަސް އިންދައި ހައްދާނެގޮތް އަދި ގޯތިތެރޭގައި ގަސް އިންދައި ހެއްދިދާނެ ގޮތްތަކާއި އާންމުކޮށް ޖެހޭ ބަލި ކޮންޓްރޯލް ކުރާނެ ގޮތްތައް

4. އިންޓަރގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް (އައި.ޕީ.އެމް)

2 ކޯސް

7

ދަނޑުވެރިކަމުގައި ދިމާވާ ބަލިކޮންޓްރޯލް ކުރުމުގައި ގެންގުޅޭނެ މައިގަނޑު އުސޫލުތަކާއި ގޮތްތައް: މިކޯސް ހިންގައިދެވޭނީ ދަނޑުވެރިކަން ކުރަމުންދާ ރަށްރަށުގައި

:ކޯހުގެ ބައިވެރިންގެ ޝަރުޠު

އަސާސީ ތަޢުލީމުގެ ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުރުން

:އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

:ހުށަހަޅަންޖެހޭ ތަކެތި

އެޕްލިކޭޝަންފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަންފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

ސުންގަޑި: 2017 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން

10 ޖަނަވަރީ 2017