ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: ޖީ.އެސް 3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސް. |
||
ޑިވިޜަން/ ސެކްޝަން: |
އެޑްމިން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިމާރާތާއި ތަކެތި ގަވާއިދުން މަރާމާތުކުރުން:- * އެއްގަމުގައި ދުއްވާ އުޅަނދުތަކާއި، ފަރުނީޗަރާއި، މެޝިނަރީއާއި، އިކްއިޕްމަންޓްސް 2. ހޮސްޕިޓަލުގެ އިންވެންޓްރީއަށް ގެންނަންޖެހޭ އުނިއިތުރުތަކާއެކު ފުރިހަމަކޮށް ބެލެހެއްޓުން. 3. ވެހިކަލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އަހަރީފީ ކަނޑައެޅިފައިވާ މުއްދަތުގައި ދައްކަމުންގެންދޭތޯ ބަލައި، ވެހިކަލްތަކުގެ ރޯޑްވާދިނަސް ހެއްދުމުގެ ކަންތައް ގަވާއިދުން ކުރުން. 4. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތައިލަންޖެހޭ ތަކެއްޗާބެހޭ މަޢުލޫމާތު ހޯދުމާއި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 5. ހޮސްޕިޓަލް ފޮޅައި ސާފުކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން. 6. ހޮސްޕިޓަލުގައި ކުރާ މަސައްކަތްތަކަށް އަންދާސީހިސާބު ހޯދުމާއި، މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން އެކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން. 7. އެކިއެކި މުނާސަބަތުތަކަށާއި ފާހަގަކުރެވޭ ދުވަސްތަކަށް ހޮސްޕިޓަލް ޒީނަތްތެރިކުރުން. 8. ހޮސްޕިޓަލުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ، ރަސްމީ މަސައްކަތްކުރުން. |
||
ތަޢުލީމާއި ތަޖުރިބާ: |
1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯކިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯކިންސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
||
ސުންގަޑި: |
2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން، ދ. އަތޮޅު ހޮސްޕިޓަލަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- އިންޓަވިއު އޮންނާނީ، 22 ޖަނަވަރީ 2017 އާއި 2 ފެބުރުވަރީ 2017 އާ ދެމެދު، ދ. އަތޮޅު ހޮސްޕިޓަލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6760622 ނަންބަރު ފޯނަށް، ނުވަތަ 6760087 ނަންބަރު ފޯނަށެވެ. |
11 ރަބީޢުލްއާޚިރު 1438