ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94/1/2016/3
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:17
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ޓޫރިސްޓް ވީޒާގައި ރާއްޖެއަށް އެތެރެވުމަށްފަހު، އިންޓާރންޝިޕްގެ ގޮތުގައި ސްޕެޝަލް ވީޒާއަށް ބަދަލުކުރުމާގުޅޭ

އިޢުލާން

މިހާރަކަށް އައިސް ގިނަ އަދަދެއްގެ ބިދޭސީން ޓޫރިސްޓް ވީޒާގައި ދިވެހިރާއްޖެއަށް އެތެރެވުމަށްފަހު، އިންޓާރންސްގެ ގޮތުގައި ސްޕެޝަލް ވީޒާއަށް ބަދަލުކޮށްދިނުމަށް އެދި މި މުއައްސަސާއަށް ހުށަހަޅަމުންދާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، 8 ޖަނަވަރީ 2017 އިން ފެށިގެން އިންޓާރންޝިޕްގެ ގޮތުގައި ރާއްޖެއަށް އަންނަ ބިދޭސީއެއްނަމަ، "ސްޕެޝަލް ވީޒާ" އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު އެ ބިދޭސީއަކު ރާއްޖެއަށް އައުމުގެ 3 ދުވަސް ކުރިން މި މުއައްސަސާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. މި 3 ދުވަސް ގުނާނީ ބަންދުދުވަސްތައް ނުހިމަނައެވެ.

އަދި ދަންނަވަމެވެ. 08 ޖަނަވަރީ 2017 އިން ފެށިގެން ޓޫރިސްޓް ވީޒާގައި އެތެރެވެފައިވާ ބިދޭސީއެއްގެ ވީޒާ، އިންޓާރންޝިޕްގެ ގޮތުގައި ސްޕެޝަލް ވީޒާއަށް ބަދަލުނުކުރެވޭނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. 

09 ޖަނަވަރީ 2017