މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/3
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 18 ޖަނަވަރީ 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މުވައްޒަފުންގެ އޮފީސް ކާޑު ޕްރިންޓްކުރުމާއި ކާޑް ހޯލްޑަރާއި ލެންޔާޑް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުގެ މުވައްޒަފުންގެ އޮފީސް ކާޑް ޕްރިންޓްކުރުމާއި، ކާޑް ހޯލްޑަރާއި، ލެންޔާޑް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 24 ވާ އަންގާރަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

09 ޖަނަވަރީ 2017