ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-F/INDIV/2017/3
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 18 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދީ ކަމާގުޅޭ ތަމްރީން ދިނުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު

އިޢުލާން

ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކޮށްދީ ކަމާގުޅޭ ތަމްރީން ދިނުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު

ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމާއި، ކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ހިންގާ، ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދީ، މި ދާއިރާއިން ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް 2017 ވަނަ އަހަރު ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމު އެ ރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް، އެ ރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. މި ޕްރޮގްރާމުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދެވޭނީ މިކަމަށް އެދި ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައެވެ. މި 10 ފަރާތް ވާންޖެހޭނީ 25 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • ހައްދާ ތަކެތި ގަތުމަށް ތައްޔާރަށް ތިބި ގެސްޓްހައުސްތައް ފަދަ ތަންތަން ހުރި ރަށަކަށްވުމާއި، ތަރުކާރީގެ ބާވަތްތައް ރަށުން ބޭރުން މިހާރުވެސް އެތެރެކުރާ ރަށަކަށްވުން.
  • އުފައްދާ ތަކެތި ގަތުމަށް އެކަށީގެންވާ ވަރުގެ އާބާދީއެއް އޮތް ރަށަކަށްވުން
  • އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ކަމުގެ ޔަގީންކަން ލިބިދީފައިވާ މިންވަރު
  • މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ގޮތް
  • ދަނޑުބިމަށްވުރެ އިތުރަށް ގޯތިތެރެއިން ޖާގަ ލިބޭނެ ރަށްރަށަށް އިސްކަން ދެވޭނެއެވެ. 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަން ފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމާއި އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

ސުންގަޑި: 2017 ޖަނަވަރީ 18 ގެ 14:00 ގެ ކުރިން

08 ޖަނަވަރީ 2017