ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-MTA/1/2017/4
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:20
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

އިޢުލާން

ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން:

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަރު 2014/R-36  (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 2014 ޖޫން 18 އިން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން، ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަ މީރާއިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ޓެކްސް އޭޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދި މީރާއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކުން MIRA 113 ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މި އޮތޯރިޓީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު މި އޮތޯރިޓީގެ www.mira.gov.mv ވެބްސައިޓުން ލިބޭނެއެވެ.

މި އިޢުލާނާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 1415 އަށް ގުޅުން އެދެމެވެ.

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017