މަސައްކަތް
ނަންބަރު: (IUL)GZS/2017/2
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:04
ސުންގަޑި: 19 ޖަނަވަރީ 2017 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލައިޓް ޕޯސްޓް ހަރުކުރުން

ސްކޫލް ގޯތިތެރޭގައި ލައިޓް ހަރުކުރުން

މި ސްކޫލްގެ ގޯތިތެރޭގައި 2 ލައިޓް ޕޯސްޓް ހަރުކުރުމަށް ބޭނުންވެގެން ކުރެވުނު (IUL)GZS/2016/90 ވަނަ ނަންބަރު އިޢުލާނަށް ބިޑު ހުށަހެޅުއްވި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ މަތީގައި ދެންނެވިފައިވާ އިޢުލާނުގައިވާ ލައިޓް ހަރުކުރުމުގެ މަސައްކަތް ބާޠިލުކުރުމަށްފަހު މި މަސައްކަތަށް އަލުން އިޢުލާނު ކުރީމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލްގެ ގޯތިތެރޭގައި ލައިޓް ހަރުކުރުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

#

ތަފުސީލު

ތާރީޚު

ގަޑި

1

މަޢުލޫމާތު ސާފުކުރުން

16 ޖަނަވަރީ 2017 (ހޯމަ)

ހެނދުނު 11:00

2

އަންދާސީހިސާބު ހުށަހެޅުން

19 ޖަނަވަރީ 2017 (ބުރާސްފަތި)

ހެނދުނު 11:00

08 ޖަނަވަރީ 2017