ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)340/340/2017/2
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 16 ޖަނަވަރީ 2017 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކުޑަކުދިންގެ ޕާކަށް ކާޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުގެ ނަންބަރު: (IUL)340/340/2016/68 (20 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ބޮޑުކަމަށްފެންނާތީ އެ ހުށަހެޅުންތައް ބާޠިލުކޮށް، އަލުން މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ރަށު ކުޑަކުދިންގެ ޕާކުގައި ހަދާ މިނީފުޓްސަލްދަނޑުގައި އަޅަން ބޭނުންވާ ކާޕެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 ޖަނަވަރީ 22 ވަނަ ދުވަހުގެ 13:15 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާންޖެހޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ އެކުގައެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.

02 ޖަނަވަރީ 2017