ވަޒީފާގެ ފުރުޞަތު
ނަންބަރު: GS35/2017/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 11 ޖަނަވަރީ 2017 13:00
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ޕްރައިމަރީ ޓީޗަރ 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މުއްދަތު: 3 މަސްދުވަސް

ސެކްޝަން: އެކަޑަމިކް

މަޤާމް އޮތް އޮފީސް: ނ. އަތޮޅު މަދަރުސާ، ނ. މަނަދޫ

ވަޒީފާ އަދާކުރަންޖެހޭ ތަން: ނ. އަތޮޅު މަދަރުސާ، ނ. މަނަދޫ

މުވައްޒަފުގެ ތަޢުލީމީ ފެންވަރާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މުވައްޒަފުގެ ތަޢުލީމީ ފެންވަރު

މުސާރަ 

ސަރވިސް އެލަވަންސް

1. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

4. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/7،070 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ނޯޓު:

- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

- ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓުފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

- ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، މަތީ ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ތިރީގައިވާ ލިޔުންތަކާއެކު، 2017 ޖަނަވަރީ 11 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017