ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމު: ސީނިއަރ މެނޭޖަރ، ގްރޭޑް 1 / އިންވެސްޓަރ އެޑިއުކޭޝަން ސެކްޝަން
ބޭނުންވާ އަދަދު : 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/15,000 ރުފިޔާ
ފިކްސްޑް އެލަވަންސް: މަހަކު -/8,500 ރުފިޔާ
ޢިނާޔަތް:
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ޝަރުޠު:
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ:
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 7 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (މީގެ ތެރެއިން 2 އަހަރުދުވަހު މެނެޖީރިއަލް ފެންވަރުގެ ނިންމުންތައް ނިންމާ ލެވެލް ގައި މަސައްކަތްކޮށްފައިވުން).
އެހެނިހެން ޝަރުޠު:
- މުޢާމަލާތުކުރުމުގެ ހުނަރާއި، ކަންކަން ރާވައި ހިންގުމުގެ ހުނަރާއި މައްސަލަ ޙައްލުކުރުމާއި ނިންމުންތައް ނިންމުމުގެ ހުނަރު.
- ކިޔަވައިދިނުމުގެ ތަޖުރިބާ ނުވަތަ އެޑިއުކޭޝަނަލް މެނޭޖްމަންޓުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ސީ.އެމް.ޑީ.އޭ އިންސްޓިޓިއުޓާއި އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީޒްއިން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި ތަމްރީނުތައް ރާވައި ހިންގުން.
- އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ ކަރިކިއުލަމް ތައްޔާރުކުރުން.
- އިންވެސްޓަރ އެޑިޔުކޭޝަން ސެކްޝަނުގެ މަސައްކަތް ރާވައި ހިންގުން.
- ކެޕިޓަލް މާރކެޓާއި ފައިނޭންޝަލް ލިޓްރަސީ ޕްރެޒެންޓޭޝަން ތައްޔާރުކޮށް ހުށަހަޅައިދިނުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ. ގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
މުއްދަތު:
- މި ވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.
ނޯޓު:
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވާނީ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
- ވަޒީފާއަށް ހޮވޭ ފަރާތުން މެޑިކަލް ރިޕޯޓު ހުށަހަޅަންވާނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓު ހުށަހަޅަން ވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3014105، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
07 ރަބީއުލްއާޚިރު 1438