ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު: (IUL)138-DS2/138/2016/178 (22 ޑިސެންބަރު 2016) އިޢުލާނުން، އިޢުލާން ކުރެވިފައިވާ، ގދ. ތިނަދޫގައި އަޅާފައިވާ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން A ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތުގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ޗެކުކުރިއިރު ފާހަގަކުރެވުނު ގިނަ ކަންކަމަކީ، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދެއްވާފައިވާ މަޢުލޫމާތު ޗެކްކޮށްދެއްވުމަށް ގދ.ތިނަދޫ ކައުންސިލުގެ އިދާރާއިން ހުށަހެޅުމުން، އެކަން އެކައުންސިލުން ކޮށްދެއްވާފައިނުވާތީ ދިމާވެފައިވާ ގިނަ މައްސަލަތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، ގދ. ތިނަދޫގައި ޢިމާރާތްކުރާ ފްލެޓްތަކުގެ A ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދެއްވާފައިވާ މަޢުލޫމާތު، ގދ.ތިނަދޫ ކައުންސިލުގެ އިދާރާއިން ޗެކުކުރުމަށްފަހު، އަލުން ފޯމުތައް އިވެލުއޭޓުކުރުމަށް ނިންމައި، މި މިނިސްޓްރީގެ މަތީގައި ޙަވާލާދެވިފައިވާ ނަންބަރު އިޢުލާނާއެކު އިޢުލާންކުރެވިފައިވާ ގދ. ތިނަދޫ A ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު ބާޠިލުކުރިކަން އާންމުކޮށް އަންގަައި އިޢުލާންކުރީމެވެ.