މަސައްކަތް
ނަންބަރު: (IUL)138-AS6/1/2017/8
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 09 ޖަނަވަރީ 2017 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ބަލަހައްޓަމުން ގެންދާ ވެލާނާގެއާއި، ދަރުބާރުގޭގެ ލިފްޓްތައް 1 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ވެލާނާގެއާއި ދަރުބާރުގޭގެ ލިފްޓުތައް 1 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)138-AS6/1/2016/264  އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 9 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ ފޯނު ނަންބަރު 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

7 ރަބީޢުލްއާޚިރު 1438

05 ޖަނަވަރީ 2017