ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ ބޭނުމަަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޕިކަޕަކާއި ވޭނެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް، މ.ރާވެރިގެ، (މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑުހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2017 ޖަނަވަރީ 19 ވާ ބުރާސްފަތިދުވަހުގެ 09:00 ގައި މި އޮފީހުގައި އޮންނާނެއެވެ.
އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
7 ރަބީޢުލްއާޚިރު 1438